ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުގެ މިނިސްޓަރުގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
ރައީސް ސޯލިހު އެ މަގާމަށް އައްޔަންކޮށްފައިވަނީ އެފްއޭމްގެ ކުރީގެ މީޑިއާ އޮފިސަރު ސ. ހުޅުދޫ، ބްލޫބެލް، ޝިމާޒު އަލީއެވެ.
ޝިމާޒަކީ ކޮމަންވެލްތު މީޑިއާ ޑެވެލޮޕްމަންޓް ވަރކްޝޮޕްގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސްގައި ޕްރޮގްރާމް އޮފިސަރގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.