ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަތަމަ މިސްކިތް ހުޅުވައިފި

އައިޝަތު ނިއުޝާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަތަމަ މިސްކިތް ހުޅުވައިފިއެވެ.

އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ "މަސްޖިދު އަމީލް ޖަލީލް" ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

މި މިސްކިތް އިމާރާތް ކުރުމަށް 16400 އަކަފޫޓޫގެ ބިން ދޫކޮށްފައި ވަނީ 14 އޮކްޓޯބަރު 2018 ގައެވެ. އަދި މިސްކިތް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އިންސައިޑް ޕްލަސްއިން ޑިޒައިން ކޮށްފައިވާ މި މިސްކިތް އިމާރާތް ކޮށްފައިވަނީ ޒާން ކޮންސްޓްރަކްޝަން ކޮމްޕެނީގެ ފަރާތުންނެވެ.

މި މިސްކިތުގެ އެތެރޭގައި 480 މީހުންނަށް ނަމާދުކުރެވޭ އިރު، މިސްކިތު ހަރިއްމަ ތެރޭގައި 600 އާއި 700 މީހުންނަށް ނަމާދުކުރެވޭނެއެވެ. އޭގެ އިތުރުން އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމާއި ވުލޫކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.

މި މިސްކިތުގައި މަލްޓިޕާޕަސް ތިން ސަރަހައްދެއް މަތީ ފަންގިފިލާގައި ގާއިމުކޮށްފައިވާ އިރު، ލައިބްރަރީއަކާއި ކުލާސްރޫމް ހިންގާނެ ޖާގައެއްވެސް ހަމަޖައްސާފައިވެއެވެ.