ޚަބަރު

އިތުރު އަށް ބޭފުޅަކަށް ޖޭޕީގެ ޓިކެޓު ދީފި، މަޖިލިސް އިންތިހާބުގައި ޖޭޕީން ވާދަކުރާ ދާއިރާތަކުގެ އަދަދު 44 އަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އިތުރު އަށް ބޭފުޅަކަށް ޖުމްހޫރީ ޕާޓީގެ ޓިކެޓު ދީފިއެވެ.

އެ ބޭފުޅުންގެ ނަންތައް މިރޭ ކުރިއަށްދާ ޖޭޕީގެ ޖަލްސާގައި އިއުލާންކޮށްދެއްވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީން އަލަށް ޓިކެޓު ދީފައިވަނީ އިހަވަންދޫ މިލަންދޫ ދާއިރާ، ނޮޅިވަރަމް ދާއިރާ، ހޮޅުދޫ ދާއިރާ، ކިނބިދޫ ދާއިރާ، މަޑަވެލި ދާއިރާ، ނައިފަރު ދާއިރާ އަދި އައްޑޫ މީދޫ ދާއިރާއަށް ވާދަކުރާ ބޭފުޅުންނަށެވެ.

މީގެ ކުރިން ޖޭޕީން ވަނީ 36 ބޭފުޅަކަށް ޓިކެޓު ދީފައެވެ. އެހެންކަމުން ޖޭޕީން މަޖިލިސް އިންތިހާބުގައި ވާދަކުރާ ދާއިރާތަކުގެ އަދަދު މިހާރު ވަނީ 44 އަށް އަރައިފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިރޭގެ ޖަލްސާގައި ގާސިމް ވަނީ ވިދާޅުވެފައެވެ.

މިރޭ ޖޭޕީގެ ޓިކެޓް ދިން ބޭފުޅުން:

  • ހއ. އިހަވަންދޫ ދާއިރާ – އަހްމަދު މޫސާ
  • ށ. މިލަންދޫ ދާއިރާ – އިބްރާހިމް މަންސޫރު
  • ހދ. ނޮޅިވަރަމް ދާއިރާ – އިސްމާއިލް ނަސީރު
  • ނ. ހޮޅުދޫ ދާއިރާ – އަބްދުއްސައްތާރު
  • ތ. ކިނބިދޫ ދާއިރާ – އަހްމަދު ޝަރީފް
  • ގދ. މަޑަވެލި ދާއިރާ – މުހައްމަދު އަހްމަދު ވަހީދު
  • ޅ. ނައިފަރު ދާއިރާ – އަބްދުﷲ އަބްދުލްހަކީމް
  • އައްޑޫ މީދޫ ދާއިރާ – މުހައްމަދު ފަރުހާދު

ކުރިން ޖޭޕީން ޓިކެޓް ދިން 36 ބޭފުޅުން:

  • ހދ. ހަނިމާދޫ ދާއިރާ – ހުސައިން ޝަހުދީ
  • ހދ. ކުޅުދުއްފުށީ އުތުރު ދާއިރާ – ނަސްރުﷲ އިސްމާއީލް
  • ށ. ކަނޑިތީމު ދާއިރާ – މުހައްމަދު ހުސައިން
  • ރ. އުނގޫފާރު ދާއިރާ – އިލްހާމް އަހްމަދު
  • ރ. މަޑުއްވަރީ ދާއިރާ – މުހައްމަދު އަމީތު އަހްމަދު
  • ބ. ކެންދޫ ދާއިރާ – އަލީ ހުސައިން
  • ޅ. ކުރެންދޫ ދާއިރާ – އަހްމަދު މޫސާ
  • ކ. ކާށިދޫ ދާއިރާ – މާޖިދު ސުލައިމާން
  • އއ. މަތިވެރި ދާއިރާ – ހުސައިން މުހައްމަދު
  • އއ. ތޮއްޑޫ ދާއިރާ – އިބްރާހިމް ހަސަން
  • އދ. މާމިގިލީ ދާއިރާ – ގާސިމް އިބްރާހިމް
  • އދ. ދަނގެތީ ދާއިރާ – މުޙައްމަދު ނާޒިމް،
  • ވ. ކެޔޮދޫ ދާއިރާ – މޫސާ ނިޒާރު އިބްރާހިމް
  • ތ. ވިލުފުށީ ދާއިރާ – ރިޔާޒް ރަޝީދު
  • ތ. ތިމަރަފުށީ ދާއިރާ – އަބްދުﷲ ރިޔާޟް
  • ތ. ގުރައިދޫ ދާއިރާ – ހުސައިން މަނިކު ދޮންމަނިކު
  • ލ. އިސްދޫ ދާއިރާ – އަލީ ހަމީދު
  • ލ. ފޮނަދޫ ދާއިރާ – ފާތިމަތު ޒަޢީމާ
  • ލ. ގަމު ދާއިރާ - އާދަމް އާސިފް
  • ލ. މާވަށު ދާއިރާ – އަހުމަދު އަޒްހާން ފަހުމީ
  • ގއ. ވިލިނގިލީ ދާއިރާ – ސައުދު ހުސައިން
  • ގއ. ގެމަނަފުށީ ދާއިރާ – އަލީ އާދިލް
  • ގއ. ދާންދޫ ދާއިރާ – މުހައްމަދު ޝިޔާމް
  • ގދ. ތިނަދޫ ދެކުނު ދާއިރާ – އަބްދުﷲ އަހްމަދު
  • ގދ. ފަރެސްމާތޮޑާ ދާއިރާ – މުހައްމަދު މުޚުތާރު
  • ޏ. ފުވައްމުލަކު އުތުރު ދާއިރާ – އަލީ ޝާހު
  • ސ. ހިތަދޫ މެދު ދާއިރާ – ހުސައިން ޞާލިހު
  • ހެންވޭރު ދެކުނު ދާއިރާ – އިރުތިޝާމް އާދަމް
  • ހެންވޭރު އުތުރު ދާއިރާ – އަލްހާން ފަހުމީ
  • މައްޗަންގޮޅި ދެކުނު ދާއިރާ – އިބްރާހިމް މަމްނޫން
  • މާފަންނު ދެކުނުދާއިރާ – މުހައްމަދު ހަމްދާން
  • ވިލިމާލެ ދާއިރާ – ޑރ. މުހައްމަދު ޖަމީލު އަހްމަދު
  • ގަލޮޅު ދެކުނު ދާއިރާ – އަބްދުﷲ ނަވާޒު
  • ހެންވޭރު ހުޅަނގު ދާއިރާ – އާއިޝަތު ނާޒިމާ
  • ބިލެއްދޫ ދާއިރާ – އަހްމަދު މުބީން
  • މަހިބަދޫ ދާއިރާ – އަހްމަދު ސުނިލް