ފުވައްމުލަކު ސިޓީގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިއަދު ހަވީރު ފުވައްމަލަކު ދަނޑިމަގު ވޮލީ ކޯޓު ކައިރިން ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 30 އަހަރުގެ އަންހެނަކަށާއި 19 އަހަރުގެ ފިރިހެނަކަށް ކަމަށާއި އެ ދެ މީހުން ވެސް މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 5:38 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.