ހއ. އަތޮޅު މަދަރުސާގެ ޓީޗަރަކު އޭނާގެ ބަރަހަނާ ފޮޓޯތަކެއް ވައިބާ ގުރޫޕަކަށް ފޮނުވި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު "ވަން" އަށް ވިދާޅުވީ، ހއ. އަތޮޅުގެ ރަށެއްގައި ދިވެހި އަންހެން ޓީޗަރަކު އޭނާގެ ބަރަހަނާ ފޮޓޯތަކެއް ޕަބްލިކް ވައިބާ ގުރޫޕަކަށް ފޮނުވި މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކަމާ ގުޅޭގޮތުން ހއ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ހުސައިން ނައީމް މިއަދު "ވަން" އަށް ވިދާޅުވީ އެ މަދަރުސާގައި ކިޔަވައިދޭ ދިވެހި އަންހެން ޓީޗަރަކު އޭނާގެ ބަރަހަނާ ފޮޓޯތަކެއް ވައިބާ ގުރޫޕަކަށް ފޮނުވި މައުލޫމާތެއް ލިބިފައިވާ ކަމަށެވެ.
އެހެން ނަމަވެސް ރަސްމީކޮށް އެ މައްސަލަ އެއްވެސް ފަރާތަކުން ސުކޫލަށް ހުށަހަޅާފައި ނުވާ ކަމަށާއި އެއީ އެ މަދަރުސާގައި ފައުންޑޭޝަން ސްޓޭޖުގައި ކިޔަވައިދޭ ޓީޗަރެއް ކަމަށް ނައީމް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް "ވަން" އިން ތަކުރާރުކޮށް ގުޅައި އަދި މެސެޖު ކުރުމުންވެސް އެ މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.