ޚަބަރު

ކަސްޓަމްސް އިން 575 ގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފި

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން 575 ގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.

ކަސްޓަމްސްއިން މިއަދު އާންމު ކުރި ބަޔާނެއްގައި ވަނީ މިއަދު ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ދެ ޕާރުސަލެއް ބަލާ ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. މި ތަކެތި ޓެސްޓު ކުރުމުން ވަނީ ހެރޮއިން އަށް ޕޮޒިޓިވް ވެފައެވެ. ކަސްޓަމްސް އިން އެއް ޕާރުސަލުން ވަނީ 287 ގްރާމްގެ މަސްތުވާތަކެތި ހޯދާފައެވެ. އަދި އަނެއް ޕާރުސަލްގައި ހުރީ 288 ގްރާމްގެ މަސްތުވާ ތަކެއްޗެވެ.

މިހާރު މި ތަކެތި އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާއި ހަވާލުކޮށްފައިވާ އިރު، މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.