ވިލިމާލެ ފެރީއަކާއި އެއާޕޯޓް ފެރީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެއް ފެރީގެ ކައްޕިއާއި އަންހެނަކު ހޭނެތިއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 4:40 ހާއިރު އެމްޓީސީސީގެ މާލެ-ވިލިމާލެ ފެރީއަކާއި އެއާޕޯޓް ފެރީއެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ދެ މީހުން ހޭނެތުނީ ލިބުނު ޝޮކެއްގެ ސަބަބުން ކަމަށާއި މިހާރު އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖެއްގެ އަތަށް ތަދުވެ، ފައިގެ ހަން މަށައިގެން ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކްސިޑެންޓުވީ އެމްޓީސީސީ ފެރީ "ނަސްރު" އާއި އެއާޕޯޓު ފެރީ "އުންމީދު" ކަމަށެވެ.