އައްޑޫ ސިޓީގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އައްޑޫގައި ރޭ ހިންގި މާރާމާރީގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މަރަދޫ ފޭދޫގައި ހިންގި މާރާމާރީގައި ދެ ޒުވާނަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފިލައިގެން ހުޅުމީދޫއަށް ދިޔަ ތަނުން ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ރޭގެ މާރާމާރީގައި ދެ ޒުވާނުންނަށް ހަމަލާދީފައިވަނީ ވަޅިއާއި ކަތިވަޅިއާއި ފުރޯ ފަދަ ތަކެތި ބޭނުންކޮށްގެންނެވެ. ޒަހަމްވި ދެ ޒުވާނުންގެ ތެރެއިން ހާލު ސީރިއަސްވި ޒުވާނާގެ ބޮލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި އޭނާގެ ގައިގެ ހަތަރު ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ.