ޚަބަރު

އަންހެން ސިފައިންގެ ހާއްސަ މޫދު ކަސްރަތު ޕްރޮގްރާމް ޑިފެންސް މިނިސްޓަރު ފަށްޓަވައިދެއްވައިފި

އަހުމަދު ޖައިޝަން

ދިވެހި އަސްކަރިއްޔާގައި ހަރަކާތްތެރިވާ އަންހެން ސިފައިންނަށް ހާއްސަކޮށްގެން ހިންގާ "މޫދު ކަސްރަތު ޕްރޮގްރާމް" ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ފަށްޓަވައިދެއްވައިފި އެވެ.

މިއަދު އެ ޕްރޮގްރާމް ރަސްމީކޮށް ފަށްޓަވައިދެއްވާފައިވާއިރު އެ ޕްރޮގްރާމަކީ އަށް ހަފްތާއަށް ކުރިއަށްދާ ޕްރޮގްރާމެކެވެ.

އެމްއެންޑީއެފް އިން ބުނީ އެ ޕްރޮގްރާމަކީ އެމްއެންޑީއެފްގައި މަސައްކަތްކުރާ އަންހެން ސިފައިންގެ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ކުރިއަށްދާ އެ ޕްރޮގްރާމުގައި 55 އަންހެން ސިފައިން ބައިވެރިވާނެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ޕްރޮގްރާމުގައި ތިން ވަނައެއް ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެއީ "ބިގަސްޓް ލޫޒާ" އަށް ހޮވޭ ތިން ފަރާތާއި "މޯސްޓް މޯޓިވޭޓަރ" އަށް ހޮވޭ ތިން ފަރާތުގެ އިތުރުން ކުއީން އޮފް ދަ ޕްރޮގްރާމެވެ.