ޚަބަރު

"ހޯމް ބޭކާސް" އަށް ހާއްސަ ފެއާއެއް ބާއްވަނީ

ރިފާ ހަލީލު

އަލަށް ފަށައިގަންނަ ބޭކާސް ވިޔަފާރިތަކަށް އަމާޒު ކޮށްގެން ހާއްސަ ފެއާއެއް ބާއްވަން ނިންނަމައިފި އެވެ.

މި ފެއާ އިންތިޒާމް ކުރަނީ ބޮޑުފެންޑާ ނަމަކަށް ކިޔާ ގުރޫޕަކުންނެވެ. ތިން މީހުންގެ ގުރޫޕަކުން އިންތިޒާމް ކޮށްގެންގެން މި ފެއާ ބާއްވަން ނިންމާފައިވަނީ "ހޯމް ބޭކާސް ފެއާ"ގެ ނަމުގަ އެވެ.

މި ފެއާ އިންތިޒާމް ކުރުމުގައި އިސްކޮށް އުޅޭ ޖެނިފާ މުސްތަފާ (ޖެނީ) "ވަން" އަށް މިއަދު ވިދާޅުވީ، މިއީ އަލަށް ފަށައިގަންނަ ބޭކާސް ވިޔަފާރިތައް އިޝްތިހާރުކޮށް ވިޔަފާރީގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ހުޅުވާލާ ފުރުސަތެއް ކަމަށެވެ.

ޖެނީ ވިދާޅުވީ މި ފެއާގައި ޖުމުލަ 25 މޭޒު ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިހާރުވެސް 12 ވަރަކަށް މޭޒު ބުކް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ އަސްލު އަލަށް ބޭކް ކުރަން ފަށާ ކުދީންނަށް އެ ކުދިންގެ ވިޔަފާރިތައް ބޮޑަށް އިޝްތިހާރު ކުރުމަށް ހުޅުވާލާ ފުރުސަތެއް. ބޭކް ކުރާ އެއްޗެހި މި ފެއާގައި ވިއްކަންވެސް ވިއްކޭނެ. މިހާރުވެސް 12 ފަރާތަކުން ވަނީ ޓޭބަލް ބުކިން ހަދާފަ. ފެއާ ބާއްވަން ނިންމާފައިވާ ސަރަހައްދުގެ ޖާގަ އޮތް މިންވަރަށް މި ބަލަނީ ގާތްގަނޑަކަށް 25 ޓޭބަލް އެތަނުގައި ޖެހޭނެ ކަމަށެވެ. ވަރަށް ބޮޑަށް ތަރުހީބު ލިބޭ މިހާރުވެސް. މޭޒެއް މި ވިއްކަނީ 500 ރުފިޔާ އަށް." އޭނާ ވިދާޅުވި އެވެ.

ޖެނީ ވިދާޅުވީ މި ފެއާއަށް ވަނުމުގެ ފުރުސަތު އާންމުކޮށް އެންމެނަށް ހުޅުވާލައިފައިވާ ކަމަށާއި ފެއާ އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުގެ ހަވީރު 4:00ގައި ގ. ބޮޑުފެންވަޅު ގޭގައި ކަމަށެވެ. މި ފެއާ އާ ގުޅޭ މައުލޫމާތު ހޯދުމަށް 7870331 އަށް ގުޅުމަށްވެސް ވަނީ އެދިފަ އެވެ.