ދުންޔާ މައުމޫން

ދުންޔާ މައުމޫން ވެސް ޕީޕީއެމުން ވަކިވެވައިގަތުމަށް ހުށަހަޅުއްވައިފި

2

ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވެސް ބޮޑުބޭބޭފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގަވަމުން ގެންދަވާ ޕީޕީއެމުން ވަކިވެވަޑައިގަތުމަށް އެދި ހުށަހަޅުއްވައިފި އެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި ޕީޕީއެމުން ވަކިކޮށްދެއްވަން އެދިވަޑައިގެން ދުންޔާ އެ ޕާޓީގެ ރަޖިސްޓްރާއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނަވަން ބޭނުން ނުވާތީ ޕާޓީން ވަކިކޮށްދެއްވައި އިލެކްޝަންސް ކޮމިޝަނަށް އެކަން އަންގަވައިދެއްވުމަށެވެ.

މިދިޔަ ހަފުތާގައި، ދުންޔާގެ ބައްޕާފުޅު، ރައީސް މައުމޫނާއި މަންމާފުޅު ނަސްރީނާ އިބްރާހީމް ވެސް ވަނީ ޕިޕީއެމުން ވަކިވެވަޑައިގަތުމަށް އެދި ހުށަހަޅުއްވައިފަ އެވެ.

ދާދި ފަހުން ރައީސް މައުމޫން ބޭއްވެވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ، "މޯލްޑިވްސް ރިފޯމް މޫވްމެންޓް" (އެމްއާރްއެމް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވިކަން އިއުލާނުކުރައްވައިފަ އެވެ. އަދި އެ މަސައްކަތް ފަށްޓަވައިގެން ކުރިޔަށް ގެންދަވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްއާރްއެމް އުފައްދަވަން ނިންމެވިކަން އިއުލާނުކުރެއްވުމަށް ބޭއްވެވި ނޫސްވެރީންގެ ބައްދަލުވުމުގައި ދުންޔާ މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟