ޚަބަރު

އިސްްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިންމާލައިފި

ރިފާ ހަލީލު

ލ. އިސްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން، 31,820 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 380 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލައި، 208 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލާފައިވާ ކަމަށެވެ.

އޭގެ އިތުރުން 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި، 1810 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕަކާއި ބުރިޖެއް ހަދައި ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުއަކީ 34.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.