މަގުމަތީގެ އެކްސިޑެންޓް

ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކާރެއްގައި ޖެހި ދެ ކުއްޖަކު ވަރަށް ބޮޑަށް ޒަޚަމްވެއްޖެ

1

ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލު ނުވެގެން ގޮސް ކާރެއްގައި ޖެހި އެ ސައިކަލުގައި ތިބި ދެ ކުދީން ވަރަށް ބޮޑަށް ޒަޚަމްވެ ސިއްހީ ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ރޭ 01:00 އެހާ އިރު، ރައްޔިތުންގެ މަޖިލިސްކުރާ ގޭ ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެމަގުން ދިޔަ އެހެން ސައިކަލެއް ކައިރީން އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލުން ނެއްޓި، ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހިގެންނެވެ.

އެ ހާދިސާގައި ޒަޚަމްވެފައި ވަނީ 16 އަހަރުގެ ދެ ކުދީންނަށާއި 26 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އޭގެ ތެރެއިން ކުޑަ ދެކުދީންނަކީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުގައި ތިބި ދެކުދީން ކަމަށާއި އެކްސިޑެންޓުގައި ބޮޑަށް ޒަޚަމްވެފައި ވަނީ ވެސް އެދެކުދީން ކަމަށް ފުލުހުން މައުލޫމާދު އެވެ. އަނެއް މީހާއަށް ބޮޑު އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ބޮޑަށް ޒަޚަމްވި ދެކުދީންނަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރޭ ދަންވަރު ވަނީ ސެނަހިޔާ ކަރިއީގައި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟