ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ލ. ގަން ރީޖަނަލް ހޮސްޕިޓަލު ބޯޑު އެކުލަވާލައި، ފަސް މެމްބަރަކު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މިއަދު ލާމަރުކަޒީ އުސޫލުން ގަން ހޮސްޕިޓަލްގެ ކަންކަން ބެލެހެއްޓުމަށް އެ ހޮސްޕިޓަލްގެ ބޯޑު މިއަދު ރައީސް ސޯލިހް އެކުލަވާލާފައިވާ ކަމަށެވެ.
ބޯޑުގެ ޗެއާޕަސަންގެ މަގާމަށް ރައީސް ސޯލިހް އައްޔަންކުރެއްވީ ސަރަހައްދުގެ މާލީ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ބޯޑުގައި ހިމެނޭ އިބްރާހިމް ޝަރީފެވެ.
ލާމަރުކަޒީ އުސޫލުން ހިންގުމަށް ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލްތަކުގެ ބޯޑުތައް ސަރުކާރުން އަންނަނީ އެކުލަވާލަމުންނެވެ. އެގޮތުން މިއަހަރު ވަނީ އައްޑޫ އިކުއަޓޯރިލް ހޮސްޕިޓަލާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ބޯޑުވެސް ސަރުކާރުން އެކުލަވާލައިފައެވެ.