11 މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއް ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި "ސަންސީކަރ" ނަމަކަށް ކިޔާ ސަފާރީއެއް ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު އިރުއޮއްސި 6:10 ހާއިރެވެ.
އެ ސަފާރީ ގއ. ވިލިނގިލި ކައިރީ އޮންނަ ފަޅު ރަށެއްގެ ފަރަށް އަރައިގެން އެމްއެންޑީއެފް ސަދަން އޭރިއާ އިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށާއި އެ ހާދިސާގައި މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އެ ސަފާރީގައި ތިބި 11 މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ހަ ބިދޭސީން އަދި ދެ ފަތުރުވެރިއެކެވެ. ސަފާރީ ފުންކުރުމަށް އެހެން ދޯންޏެއްގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް އެމްއެންޑިއެފް އިން މައުލޫމާތުދެއެވެ.