ދ. ކުޑަހުވަދުއަށް ބޯކޮށް ވާރޭވެހި، ބައެއް ގެތަކަށް ފެން ވަދެއްޖެއެވެ.
ކުޑަހުވަދޫ ބައެއް ގެތަކަށް ފެން ވަންނަމުންދާތީ އެމްއެންޑީއެފް އިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ކުޑަހުވަދުއަށް ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ފެން ވަންނަމުންދާތީ، އެހީތެރިވުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކުޑަހުވަދޫ ޕޯސްޓުގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މިއަދު ހެނދުނުން ފެށިގެން ރާއްޖެއަށް ދަނީ ވިއްސާރަކުރަމުންނެވެ. ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 9:15 އިން ފެށިގެން މެންދުރުފަހު 3:00އާ ހަމައަށް ކ. އަތޮޅާއި ލ. އަތޮޅާ ދެމެދު ރަށްތަކަށް ވައިޓް އެލާޓު ވެސް ނެރެފައެވެ.