ޚަބަރު

ހައިވޭގައި ސައިކަލެއް ކަހާލައި މީހަކަށް އަނިޔާވެއްޖެ

އައިޝަތު ނިއުޝާ

ބުރިޖު ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ސައިކަލެއް، ބުރިޖު ހައިވޭ ހަތަރު ލޭން ހިމެނޭ ސަރަހައްދުން ކަހާލައިގެން ވެއްޓި މީހަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތެއް މިރޭ 07:54 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި 27 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އެ މީހާއަށް މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް އަދި ނޭނގެއެވެ.