ޚަބަރު

ހާއްސަ އިނާމު 11 ބޭފުޅަކަށް، އެއްވަނަ ދަރަޖައިގައި ފާސްވި 11 ހާފިޒަކަށް މެޑަލް

އަލީ ޔާމިން

މަތީ ދަރަޖަ ހޯދި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު 11 ބޭފުޅަކަށް އަދިރިތި ގުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވި 11 ހާފިޒުންނަށް މެޑަލް ދީފިއެވެ.

މަތީ ދަރަޖަ ހޯދައިގެން ހާއްސަ އިނާމު ދީފައިވަނީ ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 އެއްގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި ހަ ބޭފުޅަކަށާއި ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ނުވަތަ ލެވެލް 9 އެއްގެ ސަނަދެއް ހާސިލު ކުރުމުގައި އެންމެ މަތީ ވަނަ ނުވަތަ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި ހަތަރު ބޭފުޅަކާއި ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އުފެއްދުމެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކޮށްފައިވާ ބޭފުޅަކަށެވެ.

ހާއްސަ އިނާމު ލިބުނު ފަރާތްތައް:

  • ޑރ. މުހައްމަދު މުނީޒް، ހ. އެލްޕާސޯ
  • ޑރ. ފާތިމަތު ނިޝާން، މ. އޯޑަންރެވެނިއު
  • ޑރ. މުހައްމަދު ޒާހިރު، ގ. މާލެހިޔާ
  • ޑރ. މަރިޔަމް ޝަރީފާ، ސ. ހިތަދޫ، އަގޮއްޓީގެ
  • ޑރ. އާއިޝަތު ވަހީދާ، ޅ. ކުރެންދޫ، މާފަހި
  • ޑރ. ވިސާލް މޫސާ، ކ. ކާށިދޫ، އަންނާރުގަސްދޮށުގެ
  • އައިޝަތު ޒިލްމާ، ސ. ހުޅުދޫ، ކަށިމާގެ
  • ޝާމިލާ އިދުރީސް، ބ. ކެންދޫ، ހިރުދުމާގެ
  • އާމިނަތު ހުމައިދާ، ށ. ފޯކައިދޫ، ނިޔާމަ
  • އައިޝަތު ތިޒްކާރް ޔޫސުފް، މ. މައިމަގުމަތީގެއާގެ
  • އަލްގާރީ އަހުމަދު ރަޝީދު އަބްދުލްގާދިރު، މ. މަގުމަތީގެ

ކީރިތި ގުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޒުން:

  • މުހައްމަދު ނާހިލް އަޒްމީލް، ހުޅުމާލެ ފްލެޓް 4 އޭސީ
  • ލަތީފާ މުހައްމަދު، ސ. ހިތަދޫ ގޯލްޑަންފްލާވާ
  • އާހިލް މުހައްމަދު ޒާހިރު، ގދ. ތިނަދޫ، މަލާޒް
  • އާތިފާ އަބްދުލްބާރީ މާލެ،
  • މުހައްމަދު މިތްޔާލް ސަލްމާން، ގދ. ތިނަދޫ، ހެވެންލީޑް
  • މުހައްމަދު އަޝްހަމް އަލީ. މއ. އަރުވަރު
  • އައިޝަތު ތޫލާ އަންވަރު، ށ. މިލަންދޫ، ހުލާސް
  • ލައިލް ހުސައިން ހަމީދު، ދ. ކުޑަހުވަދޫ، އަލިވާގެ
  • އައިޝަތު ޝުބާ ޝާހް، ގދ. ތިނަދޫ، ތިމާވެހި
  • ހައްވާ އަނީސާ، މާލެ ދަފްތަރު ރސ1382
  • ސަލްމާން މުހައްމަދު ރަޝީދު، ދ. މީދޫ، ފެހިގެ