ޚަބަރު

ޝަރަފުކަމުގެ އިނާމު ހަތަރު ބޭފުޅަކަށް، ހިތްވަރުދިނުމުގެ އިނާމު 14 ބޭފުޅަކަށް

އަލީ ޔާމިން

މި އަހަރުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ އިނާމު 14 ބޭފުޅަކަށް ދެއްވައިފިއެވެ.

ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ އިނާމާއި ގައުމީ އިނާމު ހަވާލު ކޮށްދެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޝަރަފުވެރިކަމުގެ އިނާމު ހާސިލް ކުރެއްވި ބޭފުޅުން.

  • ކީރިތި ގުރްއާން ކިޔެވުމާއި އުނގަންނައިދިނުމާއި ކީރިތި ގުރްއާނުގެ އިލްމުގެ ދާއިރާ: އަލްމަރްހޫމް އިބްރާހީމް ހުސައިންފުޅު
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާ: ސ. ހިތަދޫ ކެމީ, ހަސަން ލަބީބް
  • ސިއްހީ ދާއިރާ: މއ. އެވޭލާގެ, ޑރ. ހާމިދު ރަޝީދު
  • ކުޅިވަރުގެ ދާއިރާ: ހ. ސާވަން މައްލާ ޅަތުއްތު

ހިތްވަރުދިނުމުގެ އިނާމު ލިބުނު 14 ބޭފުޅުން.

  • ކީރިތި ގުރުއާނުގެ އިލްމުގެ ދާއިރާއިން، ކީރިތި ގުރުއާން އުނގަންނައިދިނުމުގެ ރޮނގުން: މާވުލެސް ސ. ހިތަދޫ, ލަތީފާ އަހުމަދު
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަސް އުނގަންނައިދިނުމުގެ ރޮނގުން: ވައްވަރުގެ ޅ. ނައިފަރު, އަބްދުالله ޖަމީލް
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން: މޫރިތިގެ ހއ. އިހަވަންދޫ, ފަތުހުالله އަހުމަދު
  • ތައުލީމީ ދާއިރާއިން، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ރޮނގުން: ސީނުގެ ގއ. ނިލަންދޫ, ޝަރަފުލްހުދާ މުހައްމަދު
  • އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން، ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން: އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު), ހއ. އިހަވަންދޫ
  • އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން، މުޖުތަމައުގައި އަށަގަންނަމުންދާ ނުރަނގަޅު އާދަތައް ނައްތައިލުމަށް މަސައްކަތް ކުރުމުގެ ރޮނގުން: މ. ހުސްނޫ, މުހައްމަދު ރާޝިދު
  • ފަތުރުވެރިކަމުގެ ދާއިރާއިން، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ އެކި ކަންކަން ހިންގުމާއި ތައާރުފު ކުރުމުގެ ރޮނގުން: ނޫވިލު ޅ. ހިންނަވަރު, ޔޫސުފް ރިފްއަތު
  • މަސައްކަތްތެރިކަމުގެ ދާއިރާއިން، އެކި ބާވަތުގެ މަސައްކަތް ކުރުމާއި ކުރިއެރުވުމުގެ ރޮނގުން: ސަރާސަރުގެއާގެ ސ. ހިތަދޫ, ފާތިމަތު ޝިފާ މޫސާދީދީ
  • މުވާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން، ކޮމްޕިއުޓާ ސޮފްޓްވެއާ އާއި ސޮފްޓްވެއާ އެޕްލިކޭޝަން ތަރައްގީ ކުރުމުގެ ރޮނގުން: މއ. ބޮޑުދަހަރާގެ, ޑޮކްޓަރު މުހައްމަދު ކިނާނަތު
  • ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން: ހ. ސްނޯޕީކް, އިބްރާހީމް މުހައްމަދު
  • ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން: ހަނދުވަރީގެ ސ. ފޭދޫ, އަލީ ރަޝީދު
  • ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން: ވާރޭވިލާ ހދ. ނޭކުރެންދޫ, ފާތިމަތު ސާލިޔާ
  • ވިޝުއަލް އާޓްސްގެ ދާއިރާއިން، ފައިން އާޓްސްގެ ރޮނގުން: މ. މިރިޔާސްގެ, މައިމޫނާ
  • ޒުވާނުންގެ ދާއިރާއިން، ހިލޭސާބަހަށް މަސައްކަތް ކުރުމާއި މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމުގެ ރޮނގުން: ހުސްނުހީނާގެ ހއ. ހޯރަފުށި, އަރުޝަދު އަޝްރަފް