މާލޭ ރިންގް ރޯޑުގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާ ވެއްޖެއެވެ.
މިއަދު 21:30 ހާއިރު އެކްސިޑެންޓު ހިނގާފައިވަނީ އެސްޓީއޯ ފުށް ގުދަން ކައިރިންނެވެ.
ދެ ސައިކަލު ޖެހިގެން ހިނގި މި އެކްސިޑެންޓުގައި ފިރިހެނަކާއި އަންހެނަކަށް އަނިޔާވެ ދެ މީހުންނަށްވެސް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.