ޏ. ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި 65 އަހަރުގެ މީހަކަށް އަނިޔާ ވެއްޖެ އެވެ.
މިއަދު ހަވީރު ހިނގި މި އެކްސިޑެންޓު ހިނގާފައިވަނީ ފުވައްމުލަކު މިސްކިތްމަގު އަވަށުގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓުގައި އަނިޔާވި 65 އަހަރުގެ ފިރިހެންމީހާއަށް މިހާރު ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން މައުލޫމަތުދެއެވެ.
މައުލޫމާތު ލިބޭގޮތުގައި މި ހާދިސާގައި އަނިޔާވި މީހާ އަކީ ސައިކަލުގެ ފަހަތުގަ އިން މީހާއެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާގައި ދުއްވަން ތިބި ދެމީހުންނަކީވެސް ލައިސެންސު އޮތް ދެ މީހުންނެވެ.