އައްސޭރި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
އައްސޭރި ޖަލުގައި ގައިދީއަކު ކުއްލި ގޮތަކަށް މަރުވެފައިވާކަން އިތުބާރު ހުރި ފަރާތަކުން ވަނީ "ވަން އޮންލައިން"އަށް ކަށަވަރުކޮށްދީފައެވެ.
އެނގިފައިވާ ގޮތުގައި އައްސޭރި ޖަލުގައި ކުއްލި ގޮތަކަށް މަރުވެފައިވަނީ އުމުރުން 34 އަހަރުގެ ގަޒްލީ އަބްދުލްޤަފޫރެވެ. އޭނާއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.
ކަރެކްޝަންސް އިން މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން ވަނީ މި ގައިދީ ނިޔާވެފައި ވަނީ ފުޓްބޯޅަ ކުޅެން ހުއްޓާ ކުއްލި ގޮތަކަށް ކަމަށެވެ. އަދި މި ހާދިސާ ހިނގުމާއެކު ގައިދީގެ އާއިލާގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އަދި ޕޮލިހަށް ވަގުތުން އެކަން ހިއްސާ ކުރިކަމަށްވެސް ކަރެކްޝަނުން ހާމަކުރިއެވެ.
ފުލުހުން ވަނީ މަރުވެފައިވަނީ 34 އަހަރުގެ ފިރިހެނެއްކަން ހާމަކޮށްފައެވެ.