މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާއި ޔޫރަޕިއަން ޔޫނިއަން، އީޔޫގެ ސަފީރު ޓުންގް-ލައި މާގް ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރ ޝާހިދާއި އީޔޫގެ ސަފީރު ބައްދަލުކުރައްވާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ފޮރިން މިނިސްޓިރީގައެވެ. މި ބައްދަލުވުމުގައި ދެބޭފުޅުންގެ ދެމެދުގައި ވަނީ ވަނީ އީޔޫ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރެވޭނެ ކަންކަމާ މެދު މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ސަފީރު ވަނީ އީޔޫއިން ރާއްޖެއަށް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރުން އެކި އިދާރާތައް ވަރުގަދަކޮށް އަދި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގެ ތެރެއިން ދެބޭފުޅުންގެ މެދުގައި ވަނީ ކުރިއަށް އޮތް އީޔޫ-މޯލްޑިވްސް ޕޮލިސީ ޑައިލޮގްގެ ތައްޔާރީތައް ކުރިއަށް ދަމުން އަންނަ ގޮތާ މެދު މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުވަނީ ޝެންގެންގެ ގައުމުތަކަށް ވިސާއަށް އެދުމުގެ ކަންކަން މިހާރަށް ވުރެ ފަސޭހަކަމާއެކު ކުރެވެނެ މަގެއް ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ސަފީރުގެ އަރިހުގައި އެދިވަޑައިގެންފައެވެ.