ޚަބަރު

ލ. ފޮނަދޫ ވެސް މޮނީޓަރިން އަށް

ލ. ފޮނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ފޮނަދޫ ހެލްތު ސެންޓަރުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އެރަށަށް މިއަދު މޮނީޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ޕޮޒިޓިވް ވި މީހަކާ ގުޅިގެން ފެނިފައިވާ ކޭސްތަކާ ގުޅިގެން ކަމަށެވެ.

އެގޮތުން އިއްޔެގެ ނިޔަލަށް ފޮނަދޫން 14 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި ކައްދޫ އެއާޕޯޓުގައި މަސައްކަތް ކުރާ ފަސް މުވައްޒަފަކު ހިމެނޭ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އެ ފަސް މީހުންނަކީވެސް އެއް ޑިއުޓީއެއް އަދާކުރާ މީހުންނެވެ.

އޮފިޝަލު ވިދާޅުވީ، ފޮނަދޫން ދެން ޕޮޒިޓިވް ވެފައި ވަނީ، ކައްދޫ އެއާޕޯޓުން ޕޮޒިޓިވް ވި މީހުންގެ އާއިލާ މެންބަރުން ކަމަށެވެ. އަދި އިއްޔެވެސް 23 ސާމްޕަލެއް ނަގާފައިވާ އިރު، އެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބޭ ކަމަށް ވިދާޅުވިއެވެ.