ޚަބަރު

"ސިޔާސަތުތައް އެކުލަވައިލުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނަން"

އަހުމަދު ޖައިޝަން

1

ސިޔާސަތުތައް އެކުލަވައިލާ ފެންވަރުގައި އަންހެނުންގެ ހިއްސާ މިހާރަށްވުރެ އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވައި، އެމަގަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާގައި ރައީސް މިއަދު އިއްވެވި ރިޔަސީ ބަޔާނުގައި ވިދާޅުވީ އަންހެނުންނަކީ އާބާދީގެ ދެބައިކުޅައެއްބަޔަށްވީ ހިނދު، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ އަންހެނުންނަށް ހުރި ގޮންޖެހުންތައް ހައްލުކުރެވޭ ގޮތަށް ކަމަށެވެ.

"ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަކީ މި ސަރުކާރުގެ އަމާޒެއް،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރަށުގެ ތަރައްގީގައިވެސް އަންހެނުންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"އެގޮތުން ވަޒީރުންގެ މަޖިލީހުގެ 35 އިންސައްތައަކީ އަންހެނުންކަން އަޅުގަނޑު ފާހަގަކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟