އެމްޑީޕީގެ މެންބަރުންގެ މެދުގައި ފާޑުކިޔުންވެސް އޮންނާނެ ކަމަށާއި އެހެން ނަމަވެސް އެންމެ ހާއްސަ ސިފައަކީ ހިތާއި ހިތުގެ ގުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިއަދުކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގައި ހިޔާލުތަފާތުވުން އޮންނާނެ ކަމަށާއި ފާޑު ކިޔުމާއި ބަހުސް ކުރުންވެސް އޮންނާނެ ކަމަށެވެ.
އަދި ހިޔާލުތަފާތުވުމުގެ ތެރެއިން ހައްލު ހޯދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރޮޒޭނާ އެހެން ވިދާޅުވި އިރު މަޖިލިސް އިންތިޚާބަށް އަންހެން ކެންޑިޑޭޓުން އެކަށީގެންވާ ވަރަށް ނުނެރެވުނީ ޕާޓީގެ އަންހެނުންގެ ރޫހުން އެކަށީގެންވާ މަސައްކަތް ނުކުރެވުމުން ކަމަށް ވިދާޅުވެ އޭނާ ކުރެއްވި ޓުވީޓަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފަ އެވެ. އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ، ޝިފާ މުހައްމަދު ވެސް ވަނީ ރޮޒޭނާގެ އެ ޓުވީޓަށް ރައްދުދެއްވައިފަ އެވެ.