ރާއްޖޭގައި ތިބެގެން ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ކަންތައް މި މަސް ނިމުމުގެ ކުރީން ހަމަޖެހިގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިހާރު އިއްވަވަމުންދާ ރިޔާސީ ބަޔާނުގައެވެ.
ރައީސް ސޯލިހު ވިދާޅުވީ ތަރައްގީގެ ރަސްމަގު ހޯދުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ، ތައުލީމީ ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ.
"މިއަހަރުގެ ބަޖެޓުންވެސް އެންމެ ބޮޑު އިންސައްތައެއް ތައުލީމީ ދާއިރާއަށް ހޭދަކުރުމަށް އަޅުގަނޑުމެން ކަނޑައެޅީވެސް، ގައުމީ ތަރައްގީގެ ދުވެލި ހަލުވި ކުރުމަށްޓަކައި. އެއީ 3.4 ބިލިއަން ރުފިޔާ،" އެމަނިކުފާޏު ވިދާޅުވިއެވެ.
ހިލޭ ޑިގްރީ އަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހިލޭ ފަހިކޮށްދެއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.