ވޭތުވެ ދިޔަ ހަތަރު އަހަރު ރައްޔިތުންގެ މަޖިލިސް އޮތީ ޒިންމާތައް އަދާކުރިޔަ ނުދީ ކަސްތޮޅު އަޅުވާފައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ދުސްރޫތީ ނިޒާމުގެ ރޫފަ ހެޔޮކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.
"ޑިމޮކްރެޓިކް ނިޒާމަށް ދައުލަތް އަނބުރައި ގެނައުމަށްޓަކައި، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ވަރަށް ގިނަ،" ރައީސް ސޯލިހު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ގާނޫނު އަސާސީގެ ހިޔަލުގައި ކުރަމުން ގެންދަނީ ގާނޫނުގެ ވެރިކަމެއް ކަމަށެވެ.
"ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް މިސްރާބު ކުރެވިފައި މިވަނީ، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، އިޖުތިމާއީ އަދާލަތު ގާއިމުކޮށްދިނުމަށް. ރައްޔިތުންނަށް އުފާފާގަތިކަމާއި ތަނަވަސްކަން ހޯދައިދިނުމަށް،" ރައީސް ވިދާޅުވިއެވެ.