ޚަބަރު

އައްޑޫ ސިޓީގައި ދެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

އައްޑޫ ސިޓީ މަރަދޫގައި ދެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

އިތުބާރުހުރި ފަރާތަކުން "ވަން"އަށް މައުލޫމާތުދެމުން ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގީ ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ ތެރެއިންނެވެ.

ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި އެ މާރާމާރީގައި ދެ ޒުވާނުންނަށް ވެސް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ދެ ޒުވާނުންނަށް ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބިއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.