ޚަބަރު

އިސްދޫގައި ކުޑަކުއްޖަކު ހޮވީ އަތު ބޮމެއް ނޫން: އެމްއެންޑީއެފް

އައިޝަތު ނިއުޝާ

ލ އިސްދޫގައި ކުޑަކުއްޖަކު މަގުމަތިން ހޮވީ ހޭންޑް ގްރިނޭޑް އެއް (އަތުބޮމެއް) ނޫން ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އިސްދޫގައި ކުޑަކުއްޖަކު ހޭންޑް ގްރިނޭޑް އެއް (އަތުބޮމެއް) ހޮވާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނާ ވާހަކަ ދޮގުކޮށް އެމްއެންޑީއެފް އިން ބުނީ، އެރަށު މަގުމަތިން ކުޑަކުއްޖަކު ހޮވި އެތި ބަލައި ޗެކު ކުރިއިރު، އެއީ އަތުބޮމެއްގެ ސިފައިގައި ހަދާފައިވާ ގޭސް ލައިޓަރެއް ކަމަށެވެ.

މިކަން ހިނގާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގައި ކަމަށާއި، އަދި ހޮވާފައިވާ ގޭސް ލައިޓަރަކީ އެއްވެސް ނުރައްކަލެއް އޮތް އެއްޗެއް ނޫން ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.