ޚަބަރު

އަދުލު އިންސާފު ޔަގީންކުރުމަށް ޝައުރީ ދާއިރާ މިހާރުން މިހާރަށް އިސްލާހް ކުރަންޖެހޭ: ރައީސް

އަދުލު އިންސާފު ލިބޭނެކަން ޔަގީންކުރުމަށް މިހާރުން މިހާރަށް ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ ކުރަންޖެހިފައިވާ އެންމެ މުހިންމު ކަންތައްތައް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ރިޔާސީ ބަޔާން ހުށަހަޅުއްވަމުންނެވެ.

ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، އަދުލު އިންސާފު ލިބޭނެކަން ޔަޤީންކޮށްދިނުމަށްޓަކައި، ޝަރުޢީ ދާއިރާ އިސްލާހު ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

ކޯޓުތަކާއި ފަނޑިޔާރުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން ނޫނީ، މިޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ.