ޚަބަރު

ޖަލުގެ ކަންތައް މަންޑޭލާ ރޫލްސްގެ މިންގަނޑަށް ފެއްތުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް

އަހުމަދު ޖައިޝަން

1

ރާއްޖޭގެ ޖަލުތަކުގެ ކަންތައްތައް، "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ފެއްތުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިހެން ވިދާޅުވީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ ޖަލު ބަންދުގައި ހުއްޓަސް، އެއްވެސް މީހެއްގެ އަސާސީ ހައްގުތަކާއި އިންސާނީ ކަރާމާތް ނަގައިލުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.

މަންޑޭލާ ރޫލްސްއަކީ ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ގައިދީންނާ މެދު އަމަލުކުރަން ޖެހޭ ސްޓެންޑާޑް މިނިމަމް ގަވާއިދުތަކެކެވެ. ޔޫއެން އިން އެ ގަވާއިދު ބޭނުންކުރަން ފެށީ 2015 ވަނަ އަހަރުގައެވެ.

ޖުމްލަ 122 އައިޓަމެއް ހިމެނޭ މަންޑޭލާ ރޫލްސްގައި އިންސާނީ ހައްގުތަކާއި ގައިދީންގެ ފަރުވާއާ ގުޅޭ ކަންތައްތައް ހިމަނާފައިވެއެވެ. އެ 122 އައިޓަމް ވަނީ ނުވަ ބަޔަކަށް ބަހާލާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟