ދަރުބާރުގޭގައި މިޖަލްސާ ފައްޓަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ މިޖަސާގައި އެ މަޖިލީހުގެ 66 މެންބަރުން ހާޒިރުވެ ވަޑއިގެން ތިއްބެވި ކަމަށެވެ.
މިއީ ރައީސް އިބްރާހިމް ސޯލިހް މަޖިލީހަށް އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.
މިއީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން މި ބަޔާނުގައި ގައުމުގެ ހާލަތު ބަޔާންކޮށްދެއްވައި އިތުރަށް ރަނގަޅު ކުރަން ކުރައްވާނެ ކަންކަން ރައީސް އާއްމު ކުރައްވާނެ އެވެ.
މީގެ ކުރިން ރައީސް އިބްރާހިމް ސޯލިހް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި 25 އަހަރު ހޭދަކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީގެ މިއަދުގެ ޖަލްސާގައި ކުރީގެ ދެ ރައީސުން ކަމަށްވާ ކުރީގެ ރައީސް މައުމޫނާއި، ކުރީގެ ރައީސް ނަޝީދުގެ އިތުރުން ކުރީގެ ދެ ނާއިބު ރައީސުން ކަމަށްވާ ޑރ. ޖަމީލާއި އަބުދުﷲ ޖިޔާދު ބައިވެރިވެ ވަޑައިގަންނަވަ އެވެ.