އިންޑިއަން ސްކޮލާޝިޕް ފޮ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު)ގެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އައިސީސީއާރުގެ ޖެނެރަލް ސްކީމާއި ކޮމަންވެލްތުގެ ސްކީމްގެ ދަށުން ޑިގްރީ އާއި މާސްޓާސްއަށް ކިޔެވުމަށް ފުރުސަތު ހުޅުވައިލައިފައިވާ ކަމަށެވެ.
ޖެނެރަލް ސްކީމްގެ ދަށުން ސްކޮލާޝިޕްގެ 15 ފުރުސަތެއް ވަނީ ހުޅުވައިލައިފައެވެ. އެއީ ޑިގްރީގެ އަށް ފުރުސަތާއި މާސްޓާސްގެ ހަތް ފުރުސަތެވެ.
ކޮމަންވެލްތު ސްކީމުގެ ދަށުން ސްކޮލާޝިޕްގެ ހަތަރު ފުރުސަތެއް ވަނީ ހުޅުވައިލައިފަ އެވެ. އެއީ ޑިގްރީގެ ދެ ފުރުސަތާއި މާސްޓާސްގެ ދެ ފުރުސަތެވެ.
އެ ސްކޮލާޝިޕްގެ ދަށުން ފެޝަން އަދި މެޑިކަލް ދާއިރާ ނޫން އެހެން ދާއިރާތަކަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވައިލެވިގެން ދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައިވާއިރު އެ ފުރުސަތު ހުޅުވައިލައިފައިވަނީ މި މަހުގެ 12ގެ ނިޔަލަށެވެ.