ރިފާ ހަލީލު
ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން މި އަހަރު ކުރިއަށްގެން ދިޔުމަށް ހަމަޖެހިފައިވާ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދެވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޕީއެލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވަނީ މި ޕްރޮގުރާމުގައި އުމުރުން 18 އަހަރުން މަތީގެ އެންމެނަށް ބައިވެރިވެވޭނެ ކަމަށެވެ. އަދި އޯލެވެލް އާއި އޭލެވެލް ނުވަތަ ދަށްވެގެން ގުރޭޑް އަށެއްގެ ފެންވަރު ހުރި މީހުންނަށްވެސް މި ޕްރޮގުރާމުގައި ބައިވެރިވެވޭނެ ކަމަށް ބުންޏެވެ.
އެމްޕީއެލް އިން ބުނީ މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް މަހަކު 5000 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެދި ފޯމު ހުށަހެޅުމަށް އެކުންފުނިން ވަނީ އެދިފައެވެ.