ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ގެ ސިސްޓަމްތަކަށް ވައިރަސް އެޓޭކެއް ދީފިއެވެ.
ޑީޕީއީގެ ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން "ވަން" އަށް މައުލޫމާތުދެއްވަމުން މިރޭ ވިދާޅުވީ، އިއްޔެ ހެނދުނުގެ ވަގުތެއްގައި ޑީޕީއީގެ ކޮމްޕިއުޓަރުތަކަށް ވައިރަސް އެޓޭކެއް ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް ހުރިހާ ކަމެއްވެސް އޮތީ އެ ބޭފުޅުންގެ ކޮންޓްރޯލުގެ ދަށުގައި ކަމަށެވެ.
ޑީޕީއީގެ ސިސްޓަމުތައް ހައިޖެކް ކުރި ކަމަށް ސޯސަލް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރާފައިވާތީ އެކަމަށް ރައްދު ދެއްވަމުން އިހުސާން ވިދާޅުވީ، ސިސްޓަމްތައް ހައިޖެކް ނުކުރާ ކަމަށާއި އަދި ސިސްޓަމްތައް ވަނީ ބައެއްގެ އަތްދަށުގައި ނޫން ކަމަށެވެ.
ޑެޕިއުޓީ މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ، މިކާމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބަޔާނެއް ނެރޭނެ ކަމަށެވެ.