ޚަބަރު

ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ހުރި މީހަކު ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހު ފައިސާތަކެއް ފޭރިގަނެފި

މަރިޔަމް ޝަހުދާ

ހދ. ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ހުރި މީހަކު ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހު ފައިސާތަކެއް ފޭރިގަނެފި އެވެ.

މިރޭ ކުޅުދުއްފުށީގައި ހިނގި މިހާދިސާގައި ވަޅިއަކުން ބިރުދެއްކުމަށް ފަހު ފައިސާތަކެއް ފޭރިގަނެފައިވަނީ ފިހާރައަކަށް ވަދެއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 21:30 ހާއިރު އެވެ. މި މައްސަލައިގައި ފުލުހުން ވަނީ 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.