ނ. ހޮޅުދޫގައި ކަރަންޓުގެ މަސައްކަތް ކުރުމަށް ކޮންނަމުން ދިޔަ ބަޔަކަށް އެރަށުން ބޮޑު ބޮލި ވަޅެއް ފެނިއްޖެ އެވެ.
ބޮއްޔަކީ ކުރީ ޒަމާނުގައި ފައިސާ އަށް ބޭނުން ކުރި އެއްޗެކެވެ.
ހޮޅުދޫ ކައުންސިލް ގެ ރައީސް ރިލްވާން މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ މި ބޮލިވަޅު ފެނުނީ ކަރަންޓު މަސައްކަތަކަށް ކޭބަލް ވަޅުލުމަށް ކޮންނަނިކޮށް ކަމަށެވެ.
ރިލްވާން ވިދާޅުވީ މި ބޮލި ތަކަކީ މީގެ 80 ނޫނީ 100 އަހަރު ކުރިން އެރަށު ބަޔަކު ވަޅުލާފައި ހުރި ބޮލިތަކެއް ކަމަށް ދުވަސްވީ މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަަމަށެވެ.
އޭނާ ވިދާޅުވީ މި ވަޅުން ދެ ގޯނި ފުރާ ބޮލި ނެގުނު ކަމަށާއި އިތުރަށް ކޮނެފި ނަމަ އެއަށްވުރެ ގިނައިން ހުންނާނެ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ތެރެއިން ބޮލި ބޭނުންވާ ބަޔަކު ބޮލިކޮޅެއް ނެގުމަށްފަހު ބާކީ ބައި ހުރިގޮތަށް ވެއްޔާއެކު ވަޅުލާފައިވާ ކަމަށް ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުން ހޮޅުދޫން ވާހަކަދެއްކި ދުވަސްވީ މީހުން ބުނަނީ މިއީ ކުރިން އެރަށުގެ ކާޑުގެ ހުރި ތަން ކަމަށެވެ.
އަތޮޅުތަކުގެ ބައެއް ރަށްރަށުން އެކި ބޭނުންތަކަށް ކޮންނަ ކޮނުމުގައި އާސާރީ އެއްޗެހި ފެނެއެވެ.
އޭނާ ވިދާޅުވީ މި ވަޅުން ދެ ގޯނި ފުރާ ބޮލި ނެގުނު ކަމަށާއި އިތުރަށް ކޮނެފި ނަމަ އެއަށްވުރެ ގިނައިން ހުންނާނެ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ތެރެއިން ބޮލި ބޭނުންވާ ބަޔަކު ބޮލިކޮޅެއް ނެގުމަށްފަހު ބާކީ ބައި ހުރިގޮތަށް ވެއްޔާއެކު ވަޅުލާފައިވާ ކަމަށް ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުން ހޮޅުދޫން ވާހަކަދެއްކި ދުވަސްވީ މީހުން ބުނަނީ މިއީ ކުރިން އެރަށުގެ ކާޑުގެ ހުރި ތަން ކަމަށެވެ.