ތިން ދަށު ކޯޓެއްގެ ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުކޮށްފި އެވެ.
މި ތިން ފަނޑިޔާރުންވެސް ބަދަލުކޮށްފައިވަނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއްކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގެ އުސޫލުގެ ދަށުން ސުޕްރީމް ކޯޓުން ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުންނެވެ. ސުޕްރީމް ކޯޓުގެ ހުށަހެޅުމަށް މި ފަނޑީޔާރުން އެހެން ކޯޓުތަކަށް ބަދަލުކޮށްފައިވަނީ އެކަމަށް ހާއްސަ ކޮމިޓީއަކުން ނިންމެވި ނިންމުމާ އެއްގޮތަށެވެ.
އެގޮތުން ބަދަލު ކުރުމަށް ހަމަޖެހިފައިވަނީ ސިވިލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު، ޑްރަގް ކޯޓުގެ ގާޒީ އަލީ ރަޝީދު އަދި ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް އެވެ. މިގޮތުން ސިވިލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ކްރިމިނަލް ކޯޓަށެވެ. އަދި ޑްރަގް ކޯޓުގެ ގާޒީ އަލީ ރަޝީދު ކްރިމިނަލް ކޯޓަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އިރު، ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ޑްރަގް ކޯޓަށެވެ.