ޚަބަރު

މާލެ ގެއަކުން ފުންމާލި 14 އަހަރުގެ ކުއްޖަކަށް އޭޑީކޭ އައިސީޔޫގައި ފަރުވާ ދެނީ

މަރިޔަމް ޝަހުދާ

މާލެ ގެއަކުން ފުންމާލި 14 އަހަރުގެ ކުއްޖަކަށް އޭޑީކޭ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމަތު ދީފިއެވެ.

ވަން އޮންލައިނަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 14 އަހަރުގެ ކުއްޖަކު ގެއަކުން ފުންމަލައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

މި ކުއްޖާ ފުންމާލާފައިވަނީ ހެންވޭރުގައި ހުންނަ ގެއެއްގެ ހަތަރުވަނަ ފަންގި ފިލާއިންނެވެ. އެއީ އެކުއްޖާ ދިރިއުޅެމުން އަންނަ ގެކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި ކުއްޖާ ފުންމާލާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

މި ކުއްޖާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ އިރު ފުލުހުންވަނީ މި މައްސަލަ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް މައްސަލަ ބަލަމުން އަންނަކަމަށް ވިދާޅުވެފައެވެ.