ފެނަކަ ކޯޕަރޭޝަނާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
ފެނަކައާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަމަށް ބޭފުޅަކު އައްޔަންކުރައްވާފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑުން ކުރި ޓުވީޓަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަމަށް އައްޔަންކޮށްފައިވަނީ މ. މާޑު، މުހައްމަދު ރަޝީދެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަމަށް އައްޔަންކޮށްފައިވަނީ މ. ގުލްބަހާރުގެ، ހުސައިން މުހައްމަދެވެ.