ޝެއިޚް އަލީ ޒައިދު

ގައުމުތަކާ ގުޅުން ބަދަހިކުރުން ވަކި ހައްދެއްގެ ތެރޭގައި ބާއްވަންޖެހޭ: ޝައިޚު ޒައިދު

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖެއިން އެކި ގައުމުތަކާއެކު ގުޅުން ބަދަހި ކުރުން ވަކި ހައްދެއްގެ ތެރޭގައި ބާއްވަންޖެހޭ ކަމަށް އައްޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިވަތަންގެ ދީނާއި ސިޔާދަތާއި އިސްތިގުލާލު ގެއްލޭފަދަ އަމަލުތަކާއި ބަސްތަކުން ދުރުވާންޖެހޭ ކަމަށެވެ.

އަދި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި މި ގައުމު އެއްވެސް ބައެއްގެ އަޅުވެތިކަމަށް ދާން ބޭނުން ނުވާކަމަށް ޒައިދު ވިދާޅުވިއެވެ.

ޒައިދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބައެއްގެ ތެރޭގައި އަމިއްލަ އެދުން ބޮޑުވެއްޖެނަމަ، ދެން އެބައެއްގެ ތެރެއަށް ނާކާމިޔާބީގެ ހިތިކަން އައުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ.

އަދި އަހުދާއި ވަހުދަކީ އޭގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފުއްދަންޖެހޭ ކަންކަން ކަމުގައި ޒައިދު ވިދާޅުވިއެވެ.

އޭނާގެ ޓުވީޓުގައި ވިދާޅުވީ ބާތިލެއްގެ މައްޗަށް ކަމެއް ބިނާކޮށްފިނަމަ ދެން ނުކުންނާނީ ހައްތަހާވެސް ގޯސް ކަމަށް ވިދާޅުވެފައި ވެއެވެ.