ގދ. މަޑަވެލި އަދި ހޯޑެއްދޫ ގުޅޭ ހިސާބުގައި އޮންނަ ފަޅުރަށަކުން ބަނގުރާ ކައްކަން ގެންގުޅޭ ގިނަ އަދަދެއްގެ ސާމާނު ފުލުހުން އަތުލައިގަނެފި އެވެ.
ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް މިހާރު ހިންގަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން މި ތަކެތި އަތުލައިގަނެފައި ވަނީ ގދ. މަޑަވެލި އަދި ހޯޑެއްދޫ ގުޅޭ ހިސާބުގައި އޮންނަ ފަޅުރަށެއްގައި ބަނގުރާ އުފައްދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެގޮތުން އެ ފަޅުރަށުގެ ދެ ސަރަހައްދަކުން ކުކިންގް އޮއިލް ހުސްކުރި 20 ލީޓަރުގެ އަށް ހަން ފުލުހުން ހޯދާފައިވާކަމަށް ފުލުހުން މައުލުމާތު ދިނެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.