އަލީ ޔާމިން
އިތުރު ސްޕީޑާއި ޑޭޓާއާއެކު އުރީދޫ 5ޖީ ހޯމް ބްރޯޑްބޭންޑް އެއާފައިބާ ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
އުރީދޫން ބުނީ އެކުންފުނިން އަންނަނީ ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ފެށުނީއްސުރެ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
އުރީދޫން ބުނީ 5ޖީ އެއާފައިބާ އާއެކު ލިބިގެންދާ ހައިސްޕީޑުގެ އިތުރުން އިންޓަނެޓާއި ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައްވެސް އެތައް ގުނައަކަށް ކުޑަވެގެންދާނެ ކަމަށެވެ. ދުރު ރަށްރަށާއި ގޭގައި މަސައްކަތް ކުރިއަށްގެންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު 5ޖީ އެއާފައިބާގެ ހިދުމަތް ދިނުމުގެ ގޮތުން 12 މަހުގެ ކޮންޓްރެކްޓަކާއެކު ޑިވައިސް ޕްލޭނެއްވެސް އުރީދޫން ފޯރުކޮށްދެއެވެ.
އަލަށް 5ޖީ އެއާފައިބާ ނަގާ ހުރިހާ ކަސްޓަމަރުންނަށްވެސް ޑިވައިސް ނެގުމަށް އިތުރު ފަސޭހަކަމެއް ގެނެސްދޭ ހާއްސަ އޮފާއަކާއެކު 5ޖީ ގެ ހަލުވި ސްޕީޑުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.