ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަރަހައްދަކުން މިރޭ ހަ ގަޑިއިރަށް ފެން ކަނޑާލާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، ފެނުގެ ހިދުމަތް ކަނޑާލަނީ ނިރޮޅުމަގާ ވީ ކޮޅުން ދެވަނަ ފިޔަވައްސަށް އަރަން އޮންނަ ބުރިޖު ނިމޭ ހިސާބުން ފެށިގެން އެ މަގުގެ ވަކި ހިސާބަކަށް ކަމަށެވެ.
ފެނުގެ ހިދުމަތް މެދުކަނޑާލަނީ ހުޅުމާލޭ މެއިން ވޯޓާ ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑިން މަސައްކަތެއް ކުރުމަށް ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
ފެން ކަނޑާލަން ހަމަޖައްސާފައިވަނީ މިރޭ 10:00 އިން ފަތިހު 4:00 އަށެވެ .
މީގެ ކުރިންވެސް ބައެއް މަސައްކަތްތައް ކުރުމަށް އެމްޑަބްލިޔުއެސްސީން ވަނީ މާލޭގެ ބައެއް ސަރަހައްދުތަކުންނާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން އެކި ފަހަރު މަތިން ފެނުގެ ހިދުމަތް މެދުކަނޑާލައިފައެވެ.