އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އެލަވަންސް އަންނަ އަހަރުން ފެށިގެން ބޮޑުކުރުމަށް ނިންމައި، މުސާރައިގެ އާ އޮނިގަނޑު ފިނޭންސް މިނިސްޓްރީން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވައިފިއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް ލިބޭ އެލަވަންސް ބޮޑު ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ، ކޮޅުމަޑުލުގެ ހަތް ރަށަކަށް މިދިޔަ މަހު އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި ކިނބިދޫ އަންހެނުންގެ ކޮމިޓީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި އެލްޖީއޭއަށް ފޮނުވި ސީޓިގައި ވަނީ ރައީސް ސޯލިހު އެދިވަޑައިގެންނެވި ގޮތަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިނާޔަތް އަންނަ އަހަރުން ފެށިގެން ބޮޑުކޮށް، އެ ފައިސާ ކައުންސިލުތަކުގެ ބަޖެޓުގައި ހިމަނައިދިނުމަށް އެދިފައެވެ.
އެ ސިޓީގައި އެލަވަންސްތަކަށް އަންނަ ބަދަލުތައް ވެސް ވަނީ ހިމަނައިފައެވެ.
ސިޓިން އެލަވަންސަކީ މަހެއްގެ މައްޗަށް ބާއްވަން ޖެހޭ ހަތަރު ބައްދަލުވުމުގެ ތެރެއިން އެ މެންބަރަކު ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް ލިބޭ އެލަވަންސެކެވެ.