ޚަބަރު

ރައީސް ޔާމީނުގެ ސެކިއުރިޓީ ހުއްޓައިލައިފައެއް ނުވޭ : އެމްއެންޑީއެފް

އަހުމަދު ޖައިޝަން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް އެމްއެންޑީއެފްގެ ފަރާތުން ދެމުން އަންނަ ސެކިއުރިޓީ ހުއްޓާލާފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ރައީސް ޔާމީނަށް ދެމުން ގެންދިޔަ ސެކިއުރިޓީ ހުއްޓައިލައިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ހަބަރުތަކެއް ފަތުރައިފައެވެ.

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަންސް އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ރައީސް ޔާމީންގެ ސެކިއުރިޓީ ހުއްޓާލާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވެނީ ދޮގު ވާހަކަތަކެއް ކަމަށެވެ.