ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ މާދަމާ ރިޔާސީ ބަޔާން އިއްވަވާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީބަޔާން އިއްވަވާނެއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނީ، މާދަމާ ހެނދުނު 10 ޖަހާއިރު ދަރުބާރުގޭގައި ބާއްވާ އެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ކަމަށެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަން ޖެހޭނެ އެވެ.

އެހެންކަމުން އެދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާތީ، މާދަމާ ސަރުކާރު ބަންދު ވާނެކަމަށް ވެސް ބުނެފައިވެއެވެ.