ރިފާ ހަލީލު
ސްޕެއިންގެ އީއޭއެސް ބާސެލޯނާ ޔޫރަޕިއަން އޭވިއޭޝަން ސްކޫލުން ޕައިލެޓުކަން ކިޔެވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ބާސެލޯނާ އޭވިއޭޝަން ސްކޫލުގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ އެ ސްކޫލުން ކިޔެވުން ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ އިންޓޭކަށް ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގައި މިމަހުގެ 20 ވަނަ ދުވަހު ގެ ރޭ 8:00ގައި ހޮޓެލް ޖެންގައި އޯޕަން ޑޭއެއް އޮންނާނެއެވެ. އަދި އެ ދުވަހު އެންރޯލްވާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ދޭނެ ކަމަށް އެ ސްކޫލުން ވަނީ ބުނެފައެވެ.
"އޯޕަން ޑޭ އޮންނަ ދުވަހަކީ މިމަހުގެ 20 ވަނަ ދުވަސް. އެ ދުވަހުން ފެށިގެން 24 ވަނަ ދުވަހަށް އެންރޯލްވާ ކުދިންނަށް 2500 ޔޫރޯގެ ޑިސްކައުންޓެއް ލިބިގެންދާނެ. ބޭނުންވަނީ ވީހާވެސް ގިނަ ދަރިވަރުންތަކަކަށް ފުރުސަތު ފަހިކުރުން. ޕައިލޮޓް ދާއިރާ އަކީ މިހާރު ގިނަ ޒުވާނުން ކުރިއަށްދާން ބޭނުންވާ ދާއިރާއެއް،" އޭނާ ވިދާޅުވިއެވެ.
މިހާރުވެސް އެ ސްކޫލުގައި ދިވެހި ދަރިވަރުންތަކެއް ކިޔަވަމުން އަންނަ އިރު، އިތުރަށް މި ދާއިރާއިން ކުދިންނަށް ކިޔަވައިދީ ތަމްރީނުކޮށް ނެރެދިނުމަކީ އެ ސްކޫލުގެ އެއް އަމާޒު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެ ފްލައިން ސްކޫލުގެ އޯޕަންޑޭއަށް ދާން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރުމަށް ނުވަތަ 7786737 އަށް ގުޅުމަށް ވަނީ އެދިފައެވެ.