ބިއުޓީ

ބިޔޮންސޭގެ މޭކަޕް އާޓިސްޓުގެ ފަރާތުން ބަޖެޓް ބިއުޓީ ޓިޕްސްތަކެއް

މަގުބޫލު ލަވަކިޔުންތެރިޔާ ބިޔޮންސޭއަކީ ގިނަ ބަޔަކު ފޮލޯ ކުރާ ތަރިއެކެވެ. އޭނާގެ މޭކަޕާއި ބިއުޓީ ޓިޕްސް އެނގެން ގިނަ ބަޔަކު އަބަދުވެސް ބޭނުންވެއެވެ.

އޭނާގެ މޭކަޕް އާޓިސްޓް ސަރ ޖޯން މިވަނީ އެކަންކަން ހިއްސާ ކޮށްފައެވެ. ލޮރިއޭލްގެވެސް ބްރޭންޑް އެމްބެސަޑަރުކަމާއި މަގުބޫލު ބައެއް ތަރިން ކަމުގައިވާ ޕްރިޔަންކާ ޗޯޕްރާ އާއި ކިމް ކާޑިޝަން އަދި އެޝްލީ ގްރަހަމް އާއެކުވެސް ސަރ ޖޯން ވަނީ މަސައްކަތް ކޮށްފައެވެ.

ސަރ ޖޯން ބުނާ ގޮތުގައި އޭނާގެ އަމިއްލަ މޭކަޕް ލައިނެއް ނެރުމުގެ މަސައްކަތް އަންނީ ކުރަމުންނެވެ.

ވިއްސާރަޔަސް އަވި ދިނަސް މުޅި ދުވަހު މޭކަޕް ކޮށްގެން އުޅެން ޖެހޭނަމަ ސަރ ޖޯންގެ މި ޓިޕްސްތައް އެހީއަކަށް ވާނެކަން ޔަގީނެވެ. 

ފައުންޑޭޝަން މޮއިސްޑް ހަމެއްގައި ހޭކުން

ސަރ ޖޯން ބުނާ ގޮތުގައި މޫނުގައި ފައުންޑޭޝަން ހޭކުމުގެ ކުރިން ރަނގަޅަށް މޫނު ޕްރެޕް ކުރުން މުހިއްމެވެ. އަދި ފައުންޑޭޝަން ހާކާނީ މޫނު ތެތްކޮށް ހުންނަ އިރު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން މޭކަޕް ކުރުމުގެ ކުރިން މޫނު މަސާޖް ކުރުމަކީވެސް ބްލަޑް ސަރކިއުލޭޝަން ރަނގަޅުވެ މޭކަޕް ފްރެޝްކޮށް ހުންނަން އެހީއަކަށް ވާނެ ކަމެއް ކަމަށް ސަރ ޖޯން ބުނެއެވެ.

ފައުންޑޭޝަން ބްރަޝްއެއް ކޮންމެހެން ބޭނުން ކުރުން މުހިއްމެއް ނޫން

ސަރ ޖޯން ބުނާ ގޮތުގައި ފައުންޑޭޝަން ހޭކުމަށް ކޮންމެހެން ފައުންޑޭޝަން ބްރަޝްއެއް ބޭނުމެއް ނުވެއެވެ. އޭގެ ބަދަލުގައި ބިއުޓީ ބްލެންޑާއެއް ބޭނުން ކުރުމުން ފައުންޑޭޝަން ސްމޫތްކޮށް ހޭކޭނެއެވެ. އަދި ބްލަޝް ކުރުމަށްވެސް ބޮޑު ބްރަޝްއެއް ބޭނުން ކުރުމަށް ސަރ ޖޯން ރެކަމޮންޑް ކުރެއެވެ.

ހަމާ ގުޅޭ ކޮންސީލާ ހިޔާރު ކުރުން

ގިނަ މީހުން މޭކަޕް ލަކުނު ފޮރުވުމަށް ކޮންސީލާ ބޭނުން ކުރާއިރު، އެންމެ ފުރަތަމަ ހަމާ ގުޅެނީ ކޮންކަހަލަ ކޮންސީލާއެއްތޯ އެނގުން މުހިއްމެވެ.

ސަރ ޖޯން ބުނާ ގޮތުގައި ދެވައްތަރެއްގެ ކޮންސީލާއެއް ހުރެއެވެ. އެއީ ލަކުނު ފޮރުވުމަށް ހުންނަ ކޮންސީލާ އައި މޫނު އަލިކޮށް މޫނުގެ ސްޓްރަކްޗަރ ފާޅުކުރުމަށް ބޭނުން ކުރާ ކޮންސީލާއެވެ.

ކޮންސީލާ ހޭކުމަށް ފްލެޓް ބްރަޝްއެއްގެ ބަދަލުގައި އައި ޝެޑޯ ބަރްޝްއެއް ބޭނުން ކުރުން މާ ރަނގަޅުކަމަށް ސަރ ޖޯން ބުނެއެވެ.

ހައިލައިޓާ ހާކާއިރު މާ ގަދައަށް ނުހޭކުން

މޭކަޕްގައި ހައިލައިޓް ކުރުމަކީ ފަހަކަށް އައިސް ގިނަ ބަޔަކު ކުރާ ހިތްވާ ކަމެެކެވެ. ނަމަވެސް ސަރ ޖޯން ބުނާ ގޮތުގައި ހައިލައިޓް ކުރާއިރު މާ ގަދައަށް ކޮށްފިނަމަ މޫނު މާ ތެޔޮކަމަށް ފެންނާނެއެވެ.

އެހެން ކަމުން ހައިލައިޓް ހާކަން ވާނީ ވަރަށް ކުޑަ ކުޑަ އެތިކޮޅެއް ކިރިޔާ ފެންނަ ވަރަށެވެ.